ޚަބަރު 
ރައްޔިތުންގެ މަޖްލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާގައިވާ ގޮތުން އިންތިޙާބުގައި ކުރި ހޯއްދެވި ހުރިހާ ކެންޑިޑޭޓުންނަށް އިލްޔާސް ލަބީބާއި އޭނާގެ ކެމްޕެއިން ޓީމުން މަރްހަބާ ދަންނަވާ ފާގަތި މުސްތަގްބަލަކަށް އެދެމެވެ. އަދި ރައްޔިތުންގެ މަޖްލީހުގެ މަސައްކަތް ރައްޔިތުންގެ އިޙްސާސްތަކާ ވިންދާ އެއްގޮތަށް، ވަރަށްވެސް ޒިންމާދާރުކަމާ އެކު ކުރިއަށް ގެންދަވާނެ ކަމަށް ޔަޤީން ކުރަމެވެ. ރައްޔިތުން އެދޭފަދަ ޒަމާނާ އެކަށޭނަ ދުޅަހެޔޮ ޤާނޫނުތަކެއް ހެދުމުގެ ތައުފީޤް އެހުރިހާ ކެންޑިޑޭޓުންނަށް މިންވަރު ކޮށްދެއްވުން އެދި މާތްﷲ ގެ ހަޒްރަތުގައި ދުޢާ ދަންނަވަމެވެ.
ރައްޔިތުންގެ މަޖްލީހަށް ހުޅުމީދޫ ދާއިރާގެ މެމްބަރުކަމަށް ބޮޑު އަގުލަބިއްޔަތަކުން އިލްޔާސް ލަބީބް އިންތިޚާބުވެ ވަޑައިގަތުމާއި ގުޅިގެން ހުޅުދޫ މީދޫ ރައްޔިތުންނާ ބައްދަލުކޮއްލައްވާ ޝުކުރު ދެއްނެވުމުގެ ގޮތުން ބާއްވާ ޚާއްސަ ހަފްލާތަކެއް މާލެއާއި އަދި ހުޅުދޫ މީދޫގައި ކުރިއަށް ގެންދެވުމުމަށް ވަނީހަމަޖެހިފައެވެ. އެގޮތުން ހުޅުމީދޫގައި ބުރާސްފަތިދުވަހުގެރޭ ހަފްލާއެއް އޮންނާނެއެވެ. އަދި މާލޭގައިވެސް މިފަދަ ހަފްލާއެއް ހޮނިހިރުދުވަހުގެރޭ ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ.
އިލްޔާސް ލަބީބް އިއްޔެ ހެދުނު ހުޅުދޫ މީދޫ ގެ ރައްޔިތުންނާއި ބައްދަލު ކުރުމުގެ ގޮތުން ވަނީ ހުޅުދޫ އަށް ގޮސްފައެވެ. ހުލުދޫ މީދޫ ރައްޔަތުންގެ ގިނަ ބަޔަކު އިލްޔާސް އަށް މަރުހަބާ އާއި ތަހުނިޔާ އަދާ ކުރުމުގެ ގޮތުން މީދޫ ޖެޓީ ސަރަހައްދަށް ދިޔައެވެ. " އިއްޒަތްތެރި މެމްބަރު އިލްޔާސް ލަބީބް އަށް ހުޅުދޫ މީދޫ ގެ ރައްޔިތުންގެ ފަރާތުން މަރުހަބާ " ކިޔުމަށް ގޮސް ތިބި ރައްޔަތުންނާއި އިލްޔާސް ލަބީބް ސަލާމް ކޮށް ޝުކުރު ދެއްނެވިއެވެ. އިލްޔާސް ލަބީބް އަށް ލިބުނު ކާމިޔާބީ ފާހަގަ ކުރައްވާ ވަރަށް ގިނަފަރާތުން ތަހުނިޔާ އާއި މުބާރަކު ބާދީ ފޮނުވަމުން އަދިވެސް އެބަ ގެންދެއެވެ.
 ވީޑިއޯ 
 ލިންކްސް 

Facebook YouTube